Editor's Vids

އެއްހާސް އަހަރު – ހަތްވަނަ ބައި

 "އަހަރެން ކަލޭ މަރައެއް ނުލާނަން – މިވަގުތަށް އެކަން އޮތީ އެހެން!!"

"އަސްލުވެސްތަ؟" ޔަޤީން ކުރުމަށް ބިޝާރާ ސުވަލު ކުރިއެވެ.

"އަހަރެން މިބުނީ އިހަށް މިވަގުތަށް ކަލޭ މަރައެއް ނުލަނަމޭ!" ޔަރަސް ކުޅެއް ޖަހަމުން ބުންޏެވެ. "އަހަރެން އަދި މުޅިއަކުން ނުނިންމަން ކަލެއަށް އިތުބާރު ކުރެވޭ ވަރު ވެއްޖެކަމަކަށް. ކިހިނެތް މަށަށް އެނގޭނީ ތީ ކަލޭ އަހަރެން މައިތިރި ކުރުވަން ހަދަހަދައިގެން ދެއްކި ކޫސަނި ވާހަކަތަކެއް ނޫން ކަމެއްވެސް؟"

ޔާމިނު ޑިފެންސަށް އުމަރު ކުރިއަށް!

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރައްވާ އަބުދުﷲ ޔާމީނަށް ރިޔާސީ ޕްރައިމަރީގައި ޓިކެޓުދީފި ނަމަ ޕީޕީއެމުން ކުޅެންޖެހޭނީ ޑިފެންސަށް ކަމަށާއި ނަމަވެސް އުމަރު ނަސީރަށް ޓިކެޓު ދީފިނަމަ ކުރިއަށް ކުޅެ އެމްޑީޕީ ބަލި ކުރާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ 6،7،8 ގެ ހާދިސާތަކާއި މެދު އެކަށީގެންވާ ބާރު މިނެއްގައި ފިޔަވަޅު އެޅިފައެއް ނުވޭ

ވޭތުވެ ދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ހިނގާ ދިޔަ އިންސާނިއްޔަތާއި ހިލާފު އަމަލުތަކާއި މެދު އަހަރު ނިމިގެން ދިޔަ އިރު ވެސް ދައުލަތުގެ ކަމާށ ބެހޭ ފަރާތްތަކުން އެކަށިގެންވާ ފިޔަވަޅު އެޅިފައި ނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ. އެޗްއާރުސީއެމުން މިހެން ބުނެފައިވަނީ އެކޮމިޝަނުން ނެރެފައިވާ 2012 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ.